ENGLISH
16 އޭޕްރީލު 2025
އޭޝިއާގެ 18 އަހަރުން ދަށުގެ މުބާރާތަށް އެތުލެޓިކްސް ޓީމު ސައުދީ އަށް
14 އޭޕްރީލު 2025
|
އޭޝިއާގެ މުބާރާތުގައި ބައިވެރިވީ ރާއްޖޭގެ އެތުލެޓިކްސް ޓީމު. --ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި އެތުލީޓުން ސަޢޫދީ ޢަރަބިއްޔާ އަށް ފުރައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދައްމާމްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނެނީ ތިން އަންހެން އެތުލީޓުންނާއި، ދެ ފިރިހެން އެތުލިޓުންނެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނެނީ؛ ރައިން މުޙައްމަދު، އާމިނަތު ލުހްޔާ އަހުމަދު އާއި ޒީކް އަޝްރަފް ރަޝީދުގެ އިތުރުން އަހުނަފް ރައްޔާން ފަހުމީ އަދި ޔޫސުފް ނައިކް ވަޖީހު އެވެ.
މި މުބާރާތް ކުރިއަށްދާނީ އޭޕްރީލް މަހުގެ 15 އިން 18 ގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި 24 ގައުމަކުން ވާދަކުރެއެވެ.