ENGLISH

15 އޭޕްރީލު 2025

Advertisement

މިހާރުގެ ޤަވާއިދުން 18 އަހަރުން މަތީގެ މީހުންނަށް ލައިސަންސް ނެގުމަށް ހުރަހެއް ނެތް: އަމީން

13 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުން 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދު ގެޒެޓްކުރުމުން އެކަމާއި ގުޅޭގޮތުން ހަޤީޤަތެއް ނެތް ވާހަކަތަކެއް ބަޔަކު ފަތުރަމުންދާތީ އެކަން ސާފުކޮށް ދެއްވުމުގެ ގޮތުންނެވެ.

ވިދާޅުވީ މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދެ ވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ހުރަހެއް ނެތް ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިޙާންތައް ފުރިހަމަ ކުރުމުން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިޙާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާ ކަމަށެވެ.

މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ނިސްބަތްވާ ރަށެއްގައި ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު