ENGLISH

15 އޭޕްރީލު 2025

Advertisement

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި 2 ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފި

13 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ބަލަމުންދާ މައްސަލައަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 2 ޕްރޮސިކުޔުޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ޕީޖީ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑުކުރި ކަމަށް ޕީޖީން ބުނެފައިވީ ނަމަވެސް، މިހާތަނަށް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުންވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު