ENGLISH

08 ޖުލައި 2025

Advertisement

ޒުވާނުންނަށް ހާއްސަ "ތައްޔާރުވަމާ" ވޯކްޝޮޕް މިމަހު 26 ގައި!

13 އޭޕްރީލު 2025

|

ޢަލީ ޝާހީން

ޔޫތު މިނިސްޓްރީން މީގެކުރިން ކުރިއަށްގެންދިޔަ ތައްޔާރުވަމާ ވޯކްޝޮޕްގެ ތެރެއިން. ފޮޓޯ: ޔޫތު މިނިސްޓްރީ

މުޅިން އަލަށް ވަޒީފާގެ މާހައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތު އިންފޮމޭޝަން އެންޑް އާޓްސްއިން އިންތިޒާމްކޮށްގެން "ތައްޔާރުވަމާ" ވޯކްޝޮޕް މި މަހު ބާއްވަން ނިންމައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 17:30 އަށެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

ތައްޔާރުވަމާ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ޒުވާނުން 23 އޭޕްރީލްގެ ކުރިން ނަން ހުށަހަޅަން ޖެހެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ތައްޔާރުވަމާ ވޯކްޝޮޕްތައް މީގެކުރިން ވެސް އެ ވުޒާރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ވޯކްޝޮޕްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު