ENGLISH
08 ޖުލައި 2025
އިޖުތިމާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މުހިއްމު: ވަޒީރު ޑރ. ހައިދަރު
13 އޭޕްރީލު 2025
|
އިޖުތިމާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މުހިއްމު ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ގްލޯބަލް ގަވަރމަންޓް ސަމިޓް: އަ ސްޓެޕް ޓުވަރޑްސް ސޯޝަލް އިނޮވޭޝަން" ގެ ނަމުގައި ލަގްޒެމްބާގުގައި ކުރިއަށްދިޔަ ސަމިޓްގައި ދެއްވި ޚިތާބުގައެވެ.
މި ޚިތާބުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަރާތުން އިޖުތިމާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މަސައްކަތްތައް ކާމިޔާބުކަމާ އެކު ފުރިހަމަކުރުމުގައި، ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަމިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރަމުންދާ ބޭފުޅުން ބައިވެރިވެ، ސަރުކާރުތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން، ސަރުކާރު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، ސަރުކާރުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިޖުތިމާއީ އުފެއްދުންތެރިކަން ކުރިއެރުވުން ފަދަ މުހިއްމު މައުޟޫއުތަކުގެ މައްޗަށް ސަމިޓްގައި ވަނީ އަލިއަޅުވާލާފައެވެ.
ލަގްޒެމްބާގުގައި ކުރިއަށްދިޔަ ދެ ދުވަހުގެ މި ސަމިޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވި ސަމިޓެކެވެ. އެގޮތުން، މި ސަމިޓްގައި، ޔޫއެންގެ އޭޖެންސީތަކާއި، އެންޖީއޯތަކުގެ އިތުރުން ޖުމްލަ 65 ގައުމެއްގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.