ENGLISH
08 ޖުލައި 2025
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ތަމްސީލުކުރުމުގެ ފުރުސަތު ހުޅުވާލައިފި
13 އޭޕްރީލު 2025
|
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ، ތަމްސީލު ކުރުމުގެ ފުރުސަތު، މި ދާއިރާ އާއި ގުޅުން ހުރި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާ އިން ބުނެފި އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މި މައުރަޒު އިންތިޒާމު ކުރަނީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާ އެކު ބީސީސީން ނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ އިން ބުނީ މި މައުރަޒު ގައި އެ ވުޒާރާ ތަމްސީލު ކުރުމުގެ ފުރުސަތު މި ދާއިރާ އާއި ގުޅުން ހުރި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ދާއިރާތައް ވެސް އާންމުކޮށްފައިވެ އެވެ.
އެ ވުޒާރާ އިން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޭޕްރިލް މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ފަރާތުގެ މައުލޫމާތު )ކުންފުނީގެ ނަން، ކުރު ތަޢާރަފެއް އަދި ފޯނު ނަންބަރު) ހިމަނާ [email protected] މި އީމެއިލްއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.