ENGLISH

15 އޭޕްރީލު 2025

Advertisement

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

13 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަރުޖީލު. ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ސަނީސައިޑް، އަލީ ޝަރުޖީލު (56) އެވެ.

ފުލުހުން ބުނީ ޝަރުޖީލު ހައްޔަރުކުރީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި، އޭނާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 30 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. 

މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު ކޯޓުން ވަނީ ޝަރުޖީލު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. 

މަކަރާއި ހީލަތުން ޑޮލަރު މާރުކުރާކަމަށް ތުހުމަތުކުރެވޭ އާޒިމް. ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ ހައްޔަރުގެ މައްސަލައިގެ އިތުރުން، މަކަރާއި ހީލަތުން ޑޮލަރު މާރުކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު ތަހުގީގަށް ހާޒިރުވުމަށް ވެސް ފުލުހުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ބަލަމުންގެންދާ އެ މައްސަލައިގެ ތަހުގީގަށް ހޯދަނީ ހ. ހަވިއްތަ، އަލީ އާޒިމް އެވެ. އުމުރުން 43 އަހަރުގެ އާޒިމް ހޯދަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ބުނީ ޑޮލަރު މާރުކުރަން ކަމަށްބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން އާޒިމް ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައެއް ނުވެއެވެ. ތަހުގީގަށް ހާޒިރުވުމަށް އާއްމު އިއުލާން ފުލުހުން ކުރީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު