ENGLISH

15 އޭޕްރީލު 2025

Advertisement

ފުލުހުންގެ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދަނީ

13 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ދިވެހި ފުލުހުން ތަމްރީނުތަކެއްގައި. ފޮޓޯ: އަވަސް އެމްވީ

ފުލުހުންގެ ތަމްރީނުތަކެއް މިއަދު މެންދުރު ފަހު ހުޅުމާލޭގެ އެއްވަނަ ފޭސްގައި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2:00 އިން ހަވީރު 5:00 އަށެް ކަމަށެވެ.

މި ތަމްރީނުތަކުގައި ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމްތައް ބައިވެރިވާނެކަން ފާހަގަކުރަމުން، ފުލުހުން ބުނީ މިއީ އޮޕަރޭޝަނަލް ތައްޔާރީތަކާއި ކޯޑިނޭޝަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެހެންކަމުން، މި ތަމްރީނުތައް ހިނގަމުންދާ ވަގުތުތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ. އަދި ތަމްރީނުގެ ވަގުތުގައި ފެންނަ މަންޒަރުތަކާއި ހަރަކާތްތަކަށް ކަންބޮޑުނުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު