ENGLISH

08 ޖުލައި 2025

Advertisement

ބިދޭސީން ރާއްޖެއިން ބޭރަށް ފުރާއިރު ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އިމިގްރޭޝަނުން އެދިއްޖެ

13 އޭޕްރީލު 2025

|

ޢަލީ ޝާހީން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފުރާއިރު ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ. 

އިމިގްރޭޝަނުން މިއަދު ބުނީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ. 

މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގަ އާއި އެހެނިހެން ކަންކަމުގައި ހަރާކަތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓް ކުރުމުގެ މަސައްކަތް އެ ވުޒާރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލައިފައެވެ. 

މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު