ENGLISH
10 ޖުލައި 2025
އެމްއޭސީއެލްއިން ތަފާތު ފަންސާހަށްވުރެ ގިނަ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު
13 އޭޕްރީލު 2025
|
އެމްއޭސީއެލްގެ 2 ބޭފުޅަކު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި
ދިވެހިރާއްޖޭގެ މައި ވައިގެބަދަރު ހިންގާ ކުންފުނި، އެމްއޭސީއެލްއިން ތަފާތު 50 އަށްވުރެ ގިނަ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ލިބިގެންދާނެކަމަށް އެމްއޭސީއެލްގެ ވެއަރހައުސް މެނޭޖްމެންޓްގެ ޖެނެރަލް މެނޭޖަރ އަހްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ 59 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ އެމްއޭސީއެލް އިން ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންނަށްހުރި ފުރުސަތުތަކަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން ގޮސް ވަކިވަކި ދާއިރާތަކުން މަތީތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށްވެސް، އެދާއިރާތަކުން ހާއްސަ ވަޒީފާގެ ފުރުސަތުތައްވެސް އެމްއޭސީއެލްއިން ވަރަށް ފުޅާދާއިރާއެއްގައި ލިބިގެންދާނެކަމަށް ޒަރީރު ފާހަގަ ކުރަށްވާފަވެެއެވެ.
ޕްލަމްބަރިންގ، އާކިޓެކްޗަރ، ޑޮރޯވިންގ އެންޑް ޑިޒައިން، ކުއެންޓިޓީ ސާވެޔަރ، އެޗް އާރް އެންޑް އެޑްމިން ފަދަ ދާއިރާތަކުން ފެށިގެން 50 އަށްވުރެ ގިނަ ތަފާތު ދާއިރާއިން ކުރިޔަށްދިޔުމުގެ ފަހި ފުރުސަތުތަށް އެމްއޭސިއެލްއިން މިހާރު ތަނަވަސްވެފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.
އެއާޕޯޓުގެ ދިގު ތާރީހުގައި، އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިހާތަަނަށް ކުރެވުނު އެންމެ ބޮޑު މަސައްކަތްތަކުގެ ތެރެއިން އެެެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް ވަކިން ހާއްސަކޮށް ފާހަގަ ކޮށްލެވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާރު ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. މިގޮތުން އަލަށް ގާއިމް ކުރެވުނު ރަންވޭ، ފިޔުލް ފާމް، ކާގޯ ޓާމިނަލް އަދި ސީޕްލޭންޓާމިނަލް ހިމެނެއެވެ.
މި ޕްރޮޖެކްޓްތައް ނިމުމުގެ ސަބަބުން އެއަރޕޯޓުގެ ކެޕޭސިޓީ ވަރަށް ބޮޑައް އިތުރު ވެފައިވާ ކަމާއި އަދި ދެވޭ ހިދުމަތްތައް އަވަސް ވެފައިކަމަށް ޒަރީރު ފާހަގަ ކުރެއްވިއެވެ.
"މިސާލަކަށް މީގެ ކުރިން އަޅުގަނޑުމެންނަށް ފާހަގަވޭ ރަންވޭގައި ޖާގަ ނެތުމުގެ ސަބަބުން ފްލައިޓްތައް ނުޖެއްސި ވަރަށް ގިނަ ވަގުތު އެއަރޕޯޓްމަތީގަ އެނބުރި އެނބުރި އޮންނަން އެބަޖެހޭ، ނަމަވެސް އާރަންވޭގެ ސަބަބުން މިކަމަށް ވަނީ ހައްލެެއް ލިބިފަ" އަހްމަދު ޒަރީރު
އެއާޕޯޓުގެ ތަރައްގީއަށް ކުރެވިފައިފާ މަސައްކަތްތަކުން މިހާރު ދިވެހީންގެ މައި ވައިގެ ބަދަރަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ދެވޭ ތަނަކަށް ވަނީ ބަދަލު ކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި މިހާރު އެއާޕޯޓުގެ ތަރައްގީއަށް ހިނަގަމުންދާ މަޝްރޫއުތަކުގެ ސަބަބުން އެއަރޕޯޓު އެތައް ގޮތަކުން ތަރައްގީވާނެކަން ސަރުކާރުން ފާހަގަކުރެއެވެ.
ހާއްސަކޮށް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްދާއިރު އެ މަސައްކަތް ނިމުމުން އެއާޕޯޓުން ހިދުމަތްދެވޭ މީހުންގެ އަދަދު އަހަރެއްގެ މައްޗަށް 7 މިލިއަނަށް އިތުރުވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި ބެލެވެއެވެ.