ENGLISH
14 އޭޕްރީލު 2025
އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މިންގަނޑުތައް މިހާރަށްވުރެ ފުރިހަމަކުރަނީ
13 އޭޕްރީލު 2025
|
ރާއްޖޭގެ ރަށެއްގައި ބޮޑުމަސް ނެރެނީ-- ފޮޓޯ: ޕީއެސްއެމް
އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މިންގަނޑުތައް މިހާރަށްވުރެ ފުރިހަމަކުރުމަށް، އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވާ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މަޝްވަރާކުރަން ފަށައިފިއެވެ.
ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ފާހަގަކުރިނަމަވެސް މުޅި ރާއްޖެ ޝާމިލުވާނެ ފަދައިން ޢީދުގެ ކަންކަން އިންތިޒާމުކޮށް، މިދިޔަ އަހަރަށްވުރެ ފުރިހަމައަށް އަޟްޙާ ޢީދު ފާހަގަކުރަން ކުރެވޭނެ ކަންކަމާބެހޭގޮތުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ބާއްވާ ވީހާވެސް ގިނަ ހަރަކާތްތަކެއް ދައުލަތުގެ މީޑިއާއިން ދުރަށް ދެއްކުމާއި، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ޢީދު ފާހަގަކުރުމަށް އިސްކަންދިނުން ފަދަ ކަންކަމާމެދު މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމަށް މިންގަނޑުތައް ކަނޑައަޅާ އިރު، ހަރުދަނާ އިސްލާހީ ވިސްނުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް އިސްކަންދިނުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި ކޮމިޓީއަށް ލަފާދިނުމަށް ހަމަޖެހިފައިވަނީ، ދީނީ ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން، ފަންނީ ކަންކަމުގައި ޕީއެސްއެމް އިން އަދި އިންތިޒާމީ، އިދާރީ ކަންކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.