ENGLISH

14 އޭޕްރީލު 2025

Advertisement

ވެކޭޝަން އެކްސްޕޯގެ 6 ވަނަ އެޑިޝަން މި މަހުގެ 17 ގައި

13 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ވެކޭޝަން އެކްސްޕޯގެ ހަވަނަ އެޑިޝަން އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައިރައިޒްއިން ހާމަކޮށްފިއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ އޭޕްރީލް 17 އިން 20 ވަނަ ދުވަހާ ދެމެދު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އަހަރުގެ އެކްސްޕޯގައި  ދަތުރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި، އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުން އަދި ޗުއްޓީއަށް އެދޭ ފަރާތްތަކުަކުން ބައިވެރިވުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މެލޭޝިއާ، ބެންކޮކް އަދި ތައިލެންޑްގެ ހޮސްޕިޓަލްތަކުން މެޑިކަލް ޓުއަރިޒަމްގެ ބޮޑެތި ޚިދުމަތްތައް މިި އެކްސްޕޯގައި އިޝްތިހާރުކުރާނެއެވެ. 

މިއަހަރުގެ އެކްސްޕޯގެ މައި ސްޕޮންސަރަކީ އޭސް ޓްރެވަލްސް މޯލްޑިވްސްއެވެ. އަދި އިންނަރ މޯލްޑިވްސް، އޭސް އޭވިއޭޝަން ސަރވިސަސް އަދި ވޮޔޭޖަސް މޯލްޑިވްސް ކޯ-ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެއެވެ.

މި އެކްސްޕޯއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ފަދަ އިންޑަސްޓްރީގެ މުހިންމު ފަރާތްތަކުން އެންޑޯސްކުރާ އެކްސްޕޯއެކެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ބެލެވެއެވެ. މިއަހަރުގެ މި އިވެންޓުގައި އިންޑަސްޓްރީގެ އެކި ފަންނުވެރިން އެއްތަނަކަށް ގެނެސް، ނެޓްވޯކިންގގެ އަގުހުރި ފުރުޞަތުތަކާއި، އެންމެ ފަހުގެ ޓްރެވަލް ޓްރެންޑްތަކާ ބެހޭ ގޮތުން މަޢުލޫމާތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު