ENGLISH

14 އޭޕްރީލު 2025

Advertisement

އެމްއޭސީއެލްގެ ސީޓު އެއަރ ކާގޯ 300 އިންސައްތަ އަށް ކުރިއަރައިފި

13 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އެމްއޭސީއެލްގެ ވެއަރހައުސް މެނޭޖްމަންޓްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒަރީރު (ކ) ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމްޓީވީ

މިދިޔަ އަހަރުގެ މެއި މަހު ފެށުނު ސީޓު އެއަރ ކާގޯ މަޝްރޫޢު މިހާރު ވަނީ 300 އިންސައްތަ އަށް ކުރިއަރާފައި ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (އެމްއޭސީއެލް) ގެ  ވެއަރހައުސް މެނޭޖްމަންޓްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒަރީރު ވިދާޅުވެއްޖެ އެވެ.

ވެލާނާ އެއާޕޯޓަށް 59 އަހަރު ފުރުމާ ގުޅިގެން އެއާޕޯޓުގެ ތަރައްގީއާ ގުޅޭ ގޮތުން އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ސީ-ޓު-އެއާ ކާގޯ އަކީ ބައެއް މަންޒިލުތަކުން ކަނޑުމަގުން މުދާ ގެނައުމުގެ ބަދަލުގައި ވައިގެ މަގުން މުދާ އެތެރެކުރުމަށް ބޭނުންކުރާ މަޝްރޫޢެއް ކަމަށާއި، މިހާރު 20 އެއަރކްރާފްޓް މި މަޝްރޫޢުގައި ބައިވެރިވެފައިވާ ކަމަށެވެ.

އޭޝިއާގެ އެހެން ޤައުމުތަކަށް ނުދާ އެއަރލައިންތަކެއް ވެލާނާ އެއަރޕޯޓަށް އަންނަމުންދާކަން ފާހަގަ ކުރައްވާ ޒަރީރު ވިދާޅުވީ، މި މަސައްކަތަށް ވަރަށް ބޮޑު ޑިމާންޑެއް މިހާރު އެބައޮތް ކަމަށެވެ.

މީގެ އިތުރުން އެއަރޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން އާ ރަންވޭއަކާއި، އާ ފިއުލް ފާމެއް އަދި ކާގޯ ޓަރމިނަލަކާއި އާ ސީޕްލޭން ޓަރމިނަލެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ސަބަބުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ.

ކާގޯ ވިލެޖުގެ ސަބަބުން ލިބިފައިވާ ކުރިއެރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، ކުރިން ދުވާލަކު 50-60 ޓަނުގެ މުދާ ހޭންޑްލްކުރެވޭއިރު، މިހާރު ޕީކް ސީޒަންގައި 260 ޓަނަށް ވުރެ ގިނަ މުދާ ހޭންޑްލްކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އަދި ސިނާމާލެ ބްރިޖުގެ ސަބަބުން އެއަރޕޯޓަށް ލިބިފައިވާ އެންމެ ބޮޑު ފަސޭހައަކީ ޓްރާންސްޕޯޓޭޝަންގެ ދަތިކަން ޙައްލުވެފައިވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު