ENGLISH

14 އޭޕްރީލު 2025

Advertisement

އެމްޓީސީސީން ނ. މަގޫދޫގައި ދެ މަޝްރޫއެއްގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފި

12 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ނ. މަގޫދު ސައިޓް މޮބިލައިޒް ކުރުމުގެ ތެރެއިން--ފޮޓޯ/އެމްޓީސީސީ

ނ. އަތޮޅު މަގޫދޫގައި ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް، އެމްޓީސީސީން ޕްރޮޖެކްޓް ސައިޓު މޮބިލައިޒް ކޮށްފިއެވެ.

މި ދެ މަޝްރޫއު ތެރޭގައި ހިމެނެނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމު ކުރުމާއި އައުޓްޑޯ ޖިމެއް ގާއިމު ކުރުމެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.

ނ. މަގޫދު ސައިޓް މޮބިލައިޒް ކުރުމުގެ ތެރެއިން--ފޮޓޯ/އެމްޓީސީސީ

މި މަސައްކަތްތަކާ ގުޅޭ މައުލާމާތު ހިއްސާ ކުރުމަށް އެމްޓީސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާތްގަނޑަކަށް 350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި މިފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަވުމުން، އެރަށު ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނުފަހުން އެކުންފުނިންދަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު