ENGLISH
13 އޭޕްރީލު 2025
ސަނާބިލް މަޝްރޫޢު ރައީސް ފައްޓަވައި ދެއްވުމަކީ ވަޤުފު މަޝްރޫޢުތަކަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތު ފެނިގެން ދިޔަކަމެއް: ޑރ. ޝަހީމް
12 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރު ބިން ގާސިމް އާ ސަލާމްކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަނާބިލް މަޝްރޫއު ފައްޓަވާ ދެއްވުމަކީ ވަޤުފު މަޝްރޫއުތަކަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތު ފެނިގެން ދިޔަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވަގުފު އިމާރާތް، ސަަނާބީލް އިމާރާތުގެ ބިންގާ ރައީސް މިއަދު އަޅުއްވައިދެއްވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވީ އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް އަށް މަރުޙަބާ ދަންނަވާ ކަމަށާއި ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެންދާ ކަމަށެވެ.
ރައީސް ސަނާބިލް އިމާރާތުގެ ބިންގާ އަޅުއްވާ ދެެއްވީ މިއަދު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ އިމާރާތް ބިނާކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުންނެވެ. އެ ފައިސާ އައިޔޫއެމްއިން ހޯދީ ސުކޫކު ވިއްކައިގެންނެވެ.
ސަނާބީލު އިމާރާތަކީ ޔުނިވާސިޓީއަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި އަޅާ އިމާރާތަކަަށްވީ ނަމަވެސް އެ އިމާރާތުގެ ސަބަބުން ޔުނިވަސިޓީ އަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަަށް ވެސް ހައްލުތަކެއް ލިބޭނެއެވެ.