ENGLISH
18 އޭޕްރީލު 2025
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަ ދައްކަވަނީ
10 އޭޕްރީލު 2025
|
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ. ރައީސް ވަނީ ބޮޑެތި ގިނަ މަސައްކަތްތަކެއް ހިމެނޭހެން މި ވަގުތު ރާއްޖެގައި ސްކޫލުތަކަށް ބޭނުންވާ ޢުމްރާނީ ތަރައްގީގެ 600 އަށްވުރެ ގިނަ މަސައްކަތް ހިންގަމުންދާކަމަށް ވިދާޅުވެފައި. ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވެސް ރައީސް ވިދާޅުވި. މީގެ އިތުރުން ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސް ވަނީ ވިދާޅުވެފައި.