ENGLISH
18 އޭޕްރީލު 2025
އަނެއް ބުރަށް ދެވެން އޮތީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްގެން: އެމެރީ
10 އޭޕްރީލު 2025
|
ވިލާގެ ކޯޗު، އެމެރީ. --ފޮޓޯ: އޭޕީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ލިބެން އޮތީ އެސްޓަން ވިލާގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ދިފާއުގަ އާއި އެޓޭކުގައި ބޮޑުތަނުން ކުޅުން ރަނގަޅުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު، އުނާއި އެމެރީ ބުނެފިއެވެ.
އެމެރީ މިހެން ބުނީ، މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޕީއެސްޖީ އަތުން 1-3 އިން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން އެމެރީ ވަނީ، އޭނާގެ ޓީމުން ރަނގަޅަށް ޑިފެންސްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، ޕީއެސްޖީން 2-1 ގެ ލީޑެއްގައި އޮއްވާ، ވިލާ އިން ރަނގަޅަށް ޑިފެންސްކޮށް، އެޓޭކުތައް އުފެއްދި ކަމަށެވެ.
ޕީއެސްޖީއާ ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
"ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަންޖެހޭ. ފުރަތަމަ ހާފުގައި އެކަން ރަނގަޅަށް ކުރިން، ފަހު ހާފުގައި ފެނުނީ ދަށްކޮށް،" އެމެރީ ބުންޏެވެ.
އެމެރީ ބުނީ، ކުރިއަށް އޮތް ހަފްތާގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން އޮތް މެޗަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ފެނުނު ނަމަވެސް ވިލާއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެމެރީ ވަނީ މީގެކުރީން 2017 ވަނަ އަހަރު ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގުގައި ފުރަތަމަ ލެގުގައި ބޮޑު މޮޅެއް ހޯދައި، ދެން ކުޅުނު މެޗުގައި ބާސެލޯނާ އަތުން ބޮޑު ތަފާތަކުން ބަލިވެ ނާކާމިޔާބީއާ ކުރިމަތިލައިފައެވެ. އެހެންކަމުން، އޭނާ ވަނީ އެ މުބާރާތުގައި ރަނގަޅު ލީޑެއްގައި ދެވަނަ ލެގާއި ކުރިމަތިލައި ހިތާމަޔާއި ހިތްދަތިކަން ތަހައްމަލުކޮށްފައެވެ.
އެ ފަހަރުގެ މުބާރާތުގެ ފުރަތަމަ ލެގުގައި އެމެރީގެ ޕީއެސްޖީން 4-0 ގެ ތަފާތަކުން މޮޅުވިނަމަވެސް، ބާސެލޯނާގެ ކޭމްޕް ނޫ ގައި 6-1 ބަލިވެ ކެޓިއެވެ.
ރޭގެ މެޗުގައި ވިލާގެ ލަނޑުޖަހައިދިން، ރޮޖާސް. --ފޮޓޯ: އޭޕީ
އެމެރީ ބުނީ، ވިލާގެ ސަޕޯޓަރުންނަށް އިތުބާރުކުރާ ކަމަށާއި، އެ ޓީމުގެ ދަނޑުގައި ހުރިހާ ކުޅުންތެރިންނަށް ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އެމެރީގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ވިލާ އެންމެ ފަހުން ކުޅުނު 17 މެޗުން ބަލިނުވެ ނިންމާލާފައިވާއިރު، އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ މޮޅުވެފައެވެ.
ވިލާ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި، ރެލިގޭޓްވެފައިވާ ސައުތެމްޓަނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެ މެޗަށްފަހު، މި މަހުގެ 16 ވާ ބުދަ ދުވަހު އެ ޓީމުން ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.