ENGLISH
15 ޖޫން 2026
2028 އަށް ޕީއެންސީ ރުކުރުވާލަން ޕާޓީގެ ވަފުދުތައް އަތޮޅުތެރެއަށް
15 ޖޫން 2026
|
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން.
އެންމެ މަޤްބޫލު
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މުޅި ކޮންގްރެސް ޕާޓީގެ ސަފުތައް ތައްޔާރުކުރުމަށްޓަކައި ޕާޓީގެ ވަފުދުތައް އަތޮޅުތެރެއަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ލީޑާޝިޕުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދުތައް ވަރަށް އަވަހަށް އަތޮޅުތެރެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެގޮތުން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ ވަފުދުތައް އަތޮޅުތަކަށް ޒިޔާރަތްކުރަން ފަށާނެ، އެއީ އަލުގަނޑުމެންގެ ޕާޓީގެ މެންބަރުންނާ ބައްދަލުކޮސް އެ މެމްބަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، އަދި ކޮންގްރެސް އަށް ތައްޔާރުވުމަށް ހިތްވަރުދީ، ހަމައެއާއެކުގައި 2028 އަށް ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ބަރު ސްޕީޑުގައި ކުރިއަށްދާނެ،". އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އަދި އެއަށްފަހު ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށް ބާއްވަން ވެސް ވަނީ ތާވަލުކޮށްފަ އެވެ. މިކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީން ފެނިގެންދާނީ ވަރަށް ފުރިހަމަ ރީތި ކާމިޔާބު އިންތިހާބެއް ކަމަށެވެ.
އަދި މި އިންތިހާބާއެކު 2028 ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެކަން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.