ENGLISH
15 ޖޫން 2026
އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި
15 ޖޫން 2026
|
އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުން --
އެންމެ މަޤްބޫލު
އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަން ކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މި ޖޫން މަހުގެ 14 ވަނަ ދުވަހު ހދ. ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން އަދި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ.
މި ރަސްމިއްޔާތުގައި، އަޕަރ ނޯތު ޕޮލިސް ރީޖަންގެ ނުވަ ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، 34 ފުލުހެއްގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ.