ENGLISH

10 މޭ 2025

Advertisement

ވީއޭއެމް ކަޕް: ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް

10 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ވީއޭއެމް ކަޕްގައި ޕޮލިހާއި ޖީޖީ ސްޕޯޓްސް އެކަޑެމީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުތަކުން ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުން މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން އަސްދިގަ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

ވެމްކޯ އިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-05، 25-14، އަދި 25-07 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ އަތުން ޕޮލިސް ކުލަބު މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-17، 25-15، އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ގްރީސް ކުޅުންތެރިޔާ، ސޯފިއާ ކްރެކާ އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބު ނިކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިރޭ ފްލެކްސަރ ސްޕޯޓްސް ކުލަބު ބައްދަލުކުރާނީ ސިޓީ ފްރެންޑްސް ކުލަބާ އެވެ.

ކިޔުންތެރިންގެ ހިޔާލު