ENGLISH

10 މޭ 2025

Advertisement

ފާޑުކިޔުންތަކާމެދު ވިސްނާނެ ވަގުތެއް ނެތް: އަންޗެލޮޓީ

08 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ކޯޗު، އަންޗެލޮޓީ. --ފޮޓޯ: ގެޓީ އިމޭޖަސް

މި ސީޒަނުގައި ރެއާލް މެޑްރިޑްގެ ފަރާތުން ފެންނަ ކުޅުމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާމެދު ވިސްނާނެ ވަގުތެއް ނެތް ކަމަށް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އަންޗެލޮޓީ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަންޗެލޮޓީ ވަނީ، މިރޭގެ މެޗަށް ރެއާލުން ނިކުތުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެ ޓީމާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ބުނެފައެވެ.

"ކޮންމެ ތިން ދުވަހަކުން އެއް މެޗު ކުޅެމުންދާއިރު، އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ވިސްނާނެ ވަގުތެއް ނެތް،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ، އޭނާގެ ޓީމުން ކޮންމެ މެޗަކަށް ނިކުންނަނީ އޭގެ ކުރީ މެޗު ރަނގަޅަށް އެނަލައިޒްކޮށްގެން ކަމަށާއި، އާސެނަލާ ދެކޮޅަށް ކުޅެން އޮތީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ. އެކަމަކު، ކުރިއަށް އޮތީ ދެ މެޗުގެ ތެރެއިން ފުރަތަމަ 90 މިނެޓު ކަމަށްވުމުން ނަތީޖާ ނެރެވިގެންދާނީ އަންނަ ހަފްތާގައި ރެއާލްގެ ދަނޑުގައި ކުޅޭ މެޗަށްފަހު ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ އިތުރަށް ބުނީ، މި ސީޒަނުގައި ރެއާލާއެކު އޭނާ އަށް ކާމިޔާބީ ހާސިލްނުކުރެވޭނެ ކަމަށް ގަބޫލުކުރާނަމަ އެ މަގާމު ދޫކޮށްލުމަށްފަހު ހުންނާނީ ޗުއްޓީއެއްގައި ކަމަށެވެ. އަދި، އޭނާގެ ޓީމުން ހުރިހާ މުބާރާތަކަށް ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވާދަކުރާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

މި ފަހަރު ނާކާމިޔާބުވެފައިވީނަމަ އަންނަ ސީޒަނާ މެދު ވިސްނާނެ ކަމަށާއި، އެކަމަކު އަދި އެ ހިސާބަށް ކަންކަން ނުދާ ކަމަށް ވެސް އަންޗެލޮޓީ ފާހަގަކުރިއެވެ.

އަންޗެލޮޓީގެ ވާހަކަ ނިންމާލަމުން ބުނީ، ޗެމްޕިއަންސް ލީގުގައި ރެއާލްގައި އޮތް ތަޖުރިބާ ވަރަށް މުހިއްމު ކަމަށާއި، އޭގެއިން ދޭހަކޮށްދެނީ ޕްރެޝަރު ބޮޑު މެޗުތަކާ ކުރިމަތިލާއިރު ބިރެއްނެތްކަން ކަމަށެވެ.                   

ކިޔުންތެރިންގެ ހިޔާލު