ENGLISH

17 އޭޕްރީލު 2025

Advertisement

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ކުޅުން މާދަމާ ފަށަނީ

08 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ވީއޭއެމް ކަޕްގެ ޕްރެލިމިނަރީ ބުރުގެ މެޗުތަކުގެ ތެރެއިން. --ފޮޓޯ: އެމްއެމް

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ކުޅުން މާދަމާ ފަށާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 9 އިން 17 ގެ ނިޔަލަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

މި ފަހަރުގެ ވީއޭއެމް ކަޕުން ފުރުޞަތު ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހު ކުރިއަށްދިޔަ ޕްރެލިމިނަރީ ބުރުގެ އެންމެ ކުރިހޯދި، އަށް ޓީމަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ޕޫލްއަކަށް ބަހާލާފައިވާއިރު ޕޫލް އޭ ގައި ހިމެނެނީ، ޕޮލިސް ކުލަބު، ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ހުރާ ކޮމިއުނިޓީ ކުލަބެވެ. ޕޫލް ބީ ގައި ހިމެނެނީ، ކުލަބު ވެމްކޯ، އަސްދިޤާ ސްޕޯޓްސް ކުލަބު، ފްލެކްސަރ ސްޕޯޓްސް ކުލަބުގެ އިތުރުން ސިޓީ ފްރެންޑްސް ކުލަބެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ތާވަލްކޮށްފައިވަނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހަށެވެ. ސެމީން ފުރުޞަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމަށެވެ. އެއަށްފަހު، ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ދެވަނަ ސެމީން ބަލިވާ ޓީމަކާ ފުރަތަމަ ސެމީގައި ދެ ގްރޫޕުގެ ދެވަނަ ޓީމުގެ ތެރެއިން މޮޅުވާ ޓީމެވެ. 

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު