ENGLISH

08 އޭޕްރީލު 2025

Advertisement

އެންމެ ފަހުވަގުތާ ޖެހެންދެން އަހަރެމެން މަސައްކަތްކުރާނަން: ސިމިއޯނީ

07 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އެތުލެޓިކޯގެ ކޯޗު، ސިމިއޯނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ލީގު ރޭހުގައި އެންމެ ކުރީގައި އުޅޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ދުރަށް ޖެހިލިނަމަވެސް، އެންމެ ފަހުވަގުތާ ޖެހެންދެން އެތުލެޓިކޯ މެޑްރިޑުން ގަދައަޅާ މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ މިހެން ބުނީ، ސެވިއްޔާ އަތުން އެތުލެޓިކޯ މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެތުލެޓިކޯ އިން ވަނީ ރޭގެ މެޗުގައި ސެވިއްޔާ 2-1 އިން ބަލިކޮށް، ތިން މެޗަށްފަހު ލީގުގައި މެޗަކުން މޮޅުނުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފައެވެ. އެ ޓީމުން މިދިޔަ މާރިޗް މަހުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދުނީ އެންމެ ޕޮއިންޓެކެވެ.

ސިމިއޯނީ ބުނީ، އެތުލެޓިކޯ އިން ވިސްނަންވާނީ އެ ޓީމާމެދު އެކަނި ކަމަށާއި، ކުރިއަށްވުރެ ކުޅުން ރަނގަޅުކޮށް އިތުރު ކުރިއެރުން ހޯދަމުން ގޮސް އެހެން ކަމަކަށް ފޯކަސްކޮށްގެން ނުވާނެ ކަމަށެވެ. އަދި، އެހެން އެކަން ކުރަމުން ގެންދިއުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި، ކޮންމެވެސް ވަރަކަށް ގޮންޖެހުންތައް ކުރިމަތިވިޔަސް އެންމެ ފަހުވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.

"އަހަރެމެން ކުރަމުންދާ މަސައްކަތް ރަނގަޅުކަން ބެރިއޯސްގެ ލަނޑުން ޔަގީންކޮށްދޭ. ހުރިހާ ކުޅުންތެރިންވެސް ގަދައަޅާ މަސައްކަތްކުރަމުންދަނީ... އެކަމުގައި ދެމިހުންނާނެ،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ވަނީ، މިދިޔަ ދުވަސްތަކުގައި އެތުލެޓިކޯ އަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީއާ އަޅާބަލާއިރު، ސެވިއްޔާ އިން ލަނޑެއްޖެހިނަމަވެސް އެ މެޗުން މޮޅުވެވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ މެޗުން އެތުލެޓިކޯގެ ކުޅުންތެރިން ސާބިތުކޮށްދިނީ، ކާމިޔާބީ ހާސިލުކުރުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމުގެ މިސާލެއް ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު