ENGLISH
08 އޭޕްރީލު 2025
ޓޮޓްނަމް އަތުން ބަލިވެ، ސައުތެމްޓަން ރެލިގޭޓްވެއްޖެ
06 އޭޕްރީލު 2025
|
ސައުތެމްޓަނާ ޓޮޓްނަމް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން 3-1 އިން ބަލިވެ، ސައުތެމްޓަން ރެލިގޭޓްވެއްޖެއެވެ.
ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ބްރެނާން ޖޯންސަން ދެ ގޯލާއި، މަތީސް ޓެލް އެވެ. ސައުތެމްޓަންގެ ހަމައެކަނި ލަނޑުޖެހީ މަޓެއުސް ފެނާންޑޭސް އެވެ.
މި ނަތީޖާއާއެކު، ސައުތެމްޓަނަށް 31 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އެ ޓީމު އެންމެ ފުލުގައި އޮތްއިރު ބާކީ ހުރި މެޗުތައް ކާމިޔާބުކޮށްގެން މިވަގުތު 17 ވަނައިގައި އުޅޭ ވުލްވްސް އަށްވުރެ ކުރިއަށް ނޭރޭނެ އެވެ.
މި މެޗުން މޮޅުވި ޓޮޓްނަމް އުޅެނީ 14 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.
ސައުތެމްޓަނަކީ ލީގުގެ ތާރީހުގައި މިހާތަނަށް ހަތަރުވަނަ އަށް އެންމެ އަވަހަށް ރެލިގޭޓްވި ޓީމެވެ. 1992 ވަނަ އަހަރު ޕްރިމިއަރ ލީގު ކުޅެން ފެށިފަހުން މިހާތަނަށް އެންމެ އަވަހަށް ރެލިގޭޓްވި ޓީމަކީ ޑާބީ ކައުންޓީ އެވެ. އެއީ، 2008 ވަނަ އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު އެވެ. ދެން އެންމެ އަވަހަށް ރެލިގޭޓްވެފައިވާ ޓީމުތަކަކީ؛ ހަޑަސްފީލްޑް އާއި ފުލަމް އެވެ. އެއަށްފަހު، މި ލިސްޓުން ޖާގަ ލިބެނީ ލެސްޓަރ ސިޓީ އާއި ސައުތެމްޓަނަށެވެ.