ENGLISH

25 ނޮވެމްބަރު 2024

މި އަހަރުގެ ބުކަރ ޕްރައިޒް ޝޯޓްލިސްޓް: ގިނައީ އަންހެން ލިޔުންތެރިން

13 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޝޯޓްލިސްޓްވި ލިއުންތެރިން

މި އަހަރުގެ ބުކަރ ޕްރައިޒްގެ ޝޯޓްލިސްޓް އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ޝޯޓްލިސްޓްގައި ހިމެނޭ ހަ ފޮތުގެ ތެރެއިން ފަސް ފޮތަކީ އަންހެން ލިޔުންތެރިން ލިޔުއްވާފައިވާ ފޮތްތަކެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބުކަރ ޕްރައިޒްގެ ޝޯޓްލިސްޓްގައި ގިނައިން ހިމެނިފައި ވަނީ ފިރިހެން ލިޔުންތެރިންގެ ފޮތްތަކެވެ. މިދިޔަ އަހަރު ޝޯޓްލިސްޓްގައި ހިމެނުނު އަންހެން ލިޔުންތެރިންގެ އަދަދަށްވުރެ ފިރިހެން ލިޔުންތެރިންގެ އަދަދު ގިނަވުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ބުކަރ ޕްރައިޒްގެ ޝޯޓްލިސްޓްގައި ހިމެނުމަކީ ލިޔުންތެރިއެއްގެ ފަންނީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޝޯޓްލިސްޓްގައި ހިމެނޭ ކޮންމެ ލިޔުންތެރިއަކަށް 2،500 ޕައުންޑް ލިބޭއިރު، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބެއެވެ. އަދި އެވޯޑް ކާމިޔާބުކުރާ ފަރާތަށް 50،000 ޕައުންޑްގެ ފައިސާގެ އިނާމެއް ލިބެއެވެ.

މިއަހަރުގެ ޝޯޓްލިސްޓްގައި ހިމެނޭ ގިނަ ފޮތްތަކަކީ ގާތްގަނޑަކަށް 300 ޞަފްޙާގެ ފޮތްތަކެކެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ކުރު ފޮތްތަކެކެވެ. 

ބުކަރ ޕްރައިޒަކީ އަދަބީ ދުނިޔޭގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ އިނާމެކެވެ. މި އިނާމުގެ ސަބަބުން އާ ލިޔުންތެރިންނަށް ވަރަށް ބޮޑު ފުރުޞަތުތަކެއް ހުޅުވިގެންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު