ENGLISH
10 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާ، ފުޓްބޯލް ފޮރ ޕީސްއާ ބައްދަލުކުރެއްވުން
04 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޓްބޯލް ފޯރ ޕީސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފި. ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމުގައި ފުޓްބޯލް ފޯރ ޕީސްގެ އިސްވެރީންގެ ތެރެއިން، އެ ޖަމްޢިއްޔާގެ އެއް ފައުންޑަރ ކަމަށްވާ، ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ، ކަޝިފް ސިއްދީޤީ އާއި ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރ 2025 ގެ ސީއީއޯ ޝަހްނާޒް ގުލްޒާރު ބައިވެރިވެވަޑައިގެންނެވި. މި އިވެންޓްގައި ޔުނިވާސިޓީގެ ޕީސް ސެންޓަރާއެކު ފުޓްބޯލް ފޯރ ޕީސް އިން ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވި. އަދި، ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، އެ ވަގުތު އެތަނުގައި ތަމްރީންތައް ކުރިއަށްގެންދިޔަ ޒުވާނުންނާ ބައްދަލުކުރެއްވި. --ފޮޓޯ: ރައީސް އޮފީސް