ENGLISH
10 އޭޕްރީލު 2025
މަރާމާތުގެ މަސައްކަަތްތަކެއް ކުރާތީ މާދަމާ ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫއަރާނެ
03 އޭޕްރީލު 2025
|
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައެއް ކަހަލަ މަރަމާތުގެ މަސައްކަތްކުރާތީ އެ ކުންފުނިން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް މާދަމާ ބުރޫއަރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މިރޭ މެންދަމު 2:00 އިން ފެށިގެން މާދަމާ ހެނދުނު 8:00 އާ ދެމެދުގައި އެ ކުންފުނީގެ އޭޓީއެމް ހިދުމަތްތަކާއި ކާޑުތަކުގެ ހިދުމަތުގެ އިތުރަށް ޕީއޯއެސް މެޝިންތަކާއި ޕޭމެންޓު ގޭޓުވޭގެ ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
އޭގެ އިތުރަށް ބީއެމްއެލްއިން ފޯރުކޮށްދޭ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަނާއި ފަވަރަ ހިދުމަތްތަކަަށް ހެނދުނު 6:00 އާއި 10:00 އާ ދެމެދުގައި ގަޑިއިރެއްހައިއިރަށް ބުރޫއަރާނެ ކަމަށެވެ.
ބޭންކުންވަނީ ހިދުމަތަށް ބުރޫއެރުމާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅިގެން މައާފަށް އެދިފައެވެ.