ENGLISH
11 އޭޕްރީލު 2025
ޓޫރިޒަމް ކެމްޕެއިން ފެއްޓެވުމަށް، މަރސޭސައިޑް ޑަރބީ ރައީސް ބައްލަވާލައްވައިފި
03 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވައިފި. އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފަ. ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީގެ މި ކެމްޕެއިންގެ ދަށުން، ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިންމު އިޤްތިޞާދީ މަންފާތައް ހޯދޭނޭ މަގުފަހިވެގެންދާނެ.