ENGLISH

02 އޭޕްރީލު 2025

Advertisement

މާލޭ ފަޅު "ހުސްވުމަށް" ފަހު ދޯނިފަހަރު އެނބުރި އަންނަން ފަށައިފި

31 މާރިޗު 2025

|

އަހުމަދު ސައީދު

މާލޭ ނޯތު ހާބަރުގެ އެކްސްޕްރެސް ޒޯން: މިހާރު ނޯތު ހާބަރުގައި އޮތީ 24 އުޅަނދު. -- ފޮޓޯ/ އެމްއެމްޓީވީ

މާލޭގެ ތޮއްޖެހިފައި އޮންނަ ބާރުބޮޑު އުތުރުފަރާތު ފަޅު، ފިތުރު އީދާ ދިމާކޮށް "ހުސްވުމަށް" ފަހު، މާލެ ދަތުރުކުރާ އުޅަނދުފަހަރު މާލެ އަންނަން ފަށައިފިއެވެ.

މާލެ ދަތުރުކުރާ ވަރަށް ގިނަ އޮޑިދޯނި ފަހަރު، ރޯދައިގެ ފަހު ދެތިން ދުވަހު ރަށަށް ފުރައިގެން ދިޔައެވެ. މިދިޔަ ހުކުރު ދުވަހު މާލޭ ފަޅު އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ. ކޮންމެ އީދަކާ ދިމާކޮށް މާލޭގެ ފަޅު، ފަޅުވިއަސް، އާންމުކޮށް މާލޭގެ ފަޅު އެންމެ ބޮޑަށް ހުސްވަނީ ބޮޑު އީދު ބަންދާ ދިމާކޮށެވެ.

މާލޭ ނޯތު ހާބަރ ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނި ގޮތުގައި މިއަދު ހެނދުނު، ނޯތު ހާބަރ ސަރަހައްދުގައި އޮތީ 24 އުޅަނދެވެ. ނޯތު ހާބަރު މުދާ އަރުވާ ބޭލުމަށް 32 އުޅަނދަށް ގާތްކުރެވެއެވެ. ދޯނިފަހަރު ގާތްކުރުމަށް ނޯތު ހާބަރުގައި ހަތަރު ޒޯން އޮންނައިރު، އެކްސްޕްރެސް ޒޯން އޮތީ މުޅިން ހުސްކޮށެވެ. އެކްސްޕްރެސް ޒޯނަކީ އަވަހަށް ޖާގަ ބޭނުންވާ ފަރާތްތަކަށް އާންމު އަގަށްވުރެ ބޮޑުކޮށް ދޫކުރާ ޒޯނެކެވެ.

މާލޭގެ ފަޅު ހުސްވުމުން މި ދެތިން ދުވަހު މާލޭގެ ބާޒާރުމަތީގެ ކާރުބާރު ވެސް ކުޑައެވެ. 

ދޯނި ފަހަރު އެނބުރި އަންނަން ފެށުމުން، ދަތުރުވެރިންގެ މާރުކޭޓުން މަދުވެފައިހުރި ބާވަތްތައް ވަނީ ތިޔާގިވާން ފަށައިފައެވެ. މިގޮތުން ކުރުނބަލާއި ފަތްކެޔޮ ރެއާއި މިއަދު މާލެ އައި ދޯނިފަހަރުން ގެނެސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު