ENGLISH
13 އޭޕްރީލު 2025
ރަމަޟާންމަހުގެ ފަހު 10 ދުވަހު ޓްރާސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ބަދަލެއް
21 މާރިޗު 2025
|
ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ކުރުމުން، ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް، އެ މިނިސްޓްރީން ބުނެފިއެވެ.
އޭގެ ތެރޭގައި އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އާއި، ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދިނުމުގެ ޚިދުމަތް ހިމެނެއެވެ.
މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި:
މިނިސްޓްރީން ބުނެފައިވަނީ މި މުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށެވެ. ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށްފަހު މައުލޫމާތު ސާފުކުރެވޭނެއެވެ.
މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.