ENGLISH

06 އޭޕްރީލު 2025

Advertisement

ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިއްޖެ

06 މާރިޗު 2025

|

ޢަލީ ޝަހީމް

ދިރާގަށް އޫކްލެއާއިން ދިން އެވޯޑާ ޙަވާލުވަނީ. ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑް މުވާސަލާތީ ކުންފުނި ދިރާގަށް ލިބިއްޖެއެވެ. 

ދިރާގަށް އެ އެވޯޑް ދިނީ، ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ނެޓްވޯކާ ގުޅުންހުރި ޑޭޓާ އަދި އެނަލިސިސް ހެދުމުގައި ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ކުންފުނި އޫކްލާއިންނެވެ. 

އޫކްލާއިން ހޮވި އެވޯޑް ދިރާގަށް ލިބުނީ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގެ ޕާފޯމަންސަށް ބެލުމަށްފަހުގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ މުޙައްމަދު މުސްއަދެވެ. 

ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ އަލްޓްރާ-ފާސްޓް 5ޖީއާއެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި، ދިރާގުން އަބަދުވެސް މަސައްކަތްކުރާނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު، އާ އީޖާދުތަކަށް އިންވެސްޓްކޮށް ރާއްޖޭގެ އެންމެ ކުރީގައި ދެމިތިބުމަށް ކަމަށް އިސްމާއީލް ރަޝީދު ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބުނުއިރު، އޫކްލާއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކަށްދޭ އެވޯޑުވެސް ދިރާގުން ވަނީ މިދިޔަ ތިން އަހަރު ހޯދައިފައެވެ. 

އެވޯޑު ލިބުމާ ގުޅިގެން ދިރާގުން ބުނެފައި ވަނީ، އެ ކުންފުންޏާއެކު ދެމިތިބި ކަސްޓަމަރުންނަށް ޝުކުރުއަދާކުރާ ކަމަށާއި، ދިރާގުން އަބަދުވެސް މަސައްކަތްކުރާނީ މިހާރަށްވުރެ ހިދުމަތްތައް ރަނގަޅު ކުރުމަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު