ENGLISH
11 އޭޕްރީލު 2025
ޔުގެންޑާ އިންޓަރނޭޝަނަލްގެ ކުއާޓާއާ ހިސާބުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެ
22 ފެބްރުއަރީ 2025
|
މުބާރާތުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން. --ފޮޓޯ: ރިވައިވަލް
މިހާރު ކުރިއަށްދާ ޔުގެންޑާ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލާ ހިސާބުން ރިވައިވަލް ސްޕޯޓްސްގެ ފަރާތުން ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެއެވެ.
އިއްޔެ ކުޅުނު ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ކުއާޓާގައި ރިވައިވަލްގެ ޙުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ބަލިވީ އިންޑިއާގެ ޑިންކޫ ސިންގ އާއި އަމާން މުޙައްމަދު ޕެއާ އަތުންނެވެ. މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ 21-10، 21-13 އިންނެވެ.
މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ކުއާޓާގައި ސްވިޒަލެންޑްގެ ލުސީ އަމިގޭ އާއި ކެރޮލީން ރަކްލޯޒް އަތުން 2-1 ސެޓުން ބަލިވި މެޗުގައި ރިވައިވަލްގެ އާމިނަތު ނަބީހާ އަބްދުއްރައްޒާޤު އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤުގެ ޕެއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ސެޓުން 21-18 އިން ނަބާ-ނަބީގެ ޕެއާ ކާމިޔާބު ހޯދިއިރު، ފަހު ދެ ސެޓުން ސްވިޒަލެންޑްގެ ޕެއާ މޮޅުވީ 21-15 އަދި 22-20 އިންނެވެ.
މި މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 ބުރުގައި ނިބާލް އާއި ނަބީ ވާދަކުރިއިރު، ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވަނީ ގަދަ 32 ބުރުގައި ކުޅެފައެވެ. މި ދެ ޕެއާ އަށް ވެސް ނާކާމިޔާބުވީ އިންޑިއާގެ ޕެއާ އަތުންނެވެ.