ENGLISH

11 އޭޕްރީލު 2025

Advertisement

ބުރު ސްޕޯޓްސް ބަލިކޮށް، މާޒިޔާ ސެމީ އަށް

22 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އިއްޔެގެ މެޗުގައި ލަނޑު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މާޒިޔާ

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ކުލަބު ވެލެންސިއާ އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މި މޮޅާއެކު، ގްރޫޕް އޭގެ އެއްވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ދެވަނައިގައި އުޅޭ ވެލެންސިއާ އާއި ތިންވަނައިގައި އޮތް ކުލަބު އީގަލްސް އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި، މާޒިޔާ އިން ވަނީ 5-2 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

މި މެޗުގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ ނައްސާހު އިބްރާހިމް ނާސިރު، އަނޫފް އަބްދުﷲ، އަލްހާން ފައިސަލް އަމީން އާއި އަލްސަން އިބްރާހިމް އަަދި މުޙައްމަދު އިލާން އިމްރާން އެވެ.

ބުރު ސްޕޯޓްސްގެ ދެ ލަނޑު ވެސް ޖެހީ މުޙައްމަދު ނައިސަމް ނަދީމް އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުލަބު ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު