ENGLISH

10 އޭޕްރީލު 2025

Advertisement

ފެތުމުގެ ގައުމީ ހަތަރު ރެކޯޑެއް އާކޮށްފި

22 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފެތުންތެރިއަކު ފަތަނީ. --ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުގައި ހިމެނޭ މިރާލް އައިން ލަތީފް އާއި ޢާއިޝަތު ޢުލްޔާ ޝާއިޤް ފެތުމުގެ ގައުމީ ހަތަރު ރެކޯޑެއް އާކޮށްފިއެވެ.

ޔޫކޭގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްގައި މިރާލް ވަނީ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް 2:45.93 އިން ނިންމައިގެން ގައުމީ ރެކޯޑް އާކޮށްފައެވެ.

މީގެއިތުރުން، މިރާލް ވަނީ ޔޫކޭގައި ކުރިއަށްދިޔަ ވެލްޝް ކެޕިޓަލް އޯޕަން މީޓްގައި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލޭ އިވެންޓް 05:49.59 އިން ނިންމައިގެން އިތުރު ގައުމީ ރެކޯޑެއް އާކޮށްފައެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ ވަނީ އަންހެނުންގެ ލޯންގ ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓް 00:28.64 އިން ނިންމައިގެން ގައުމީ ރެކޯޑް އާކޮށްފައެވެ.

ޢުލްޔާ ވަނީ ހަމަ އެ މުބާރާތުގައި 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފައެވެ. އެއީ، 00:34.18 އިން ރޭސް ނިންމައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު