ENGLISH
11 އޭޕްރީލު 2025
ނޮކްއައުޓް ބުރުގައި ރެއާލާއި އެތުލެޓިކޯ، ޕީއެސްޖީއާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ
21 ފެބްރުއަރީ 2025
|
މިއަދު ބޭއްވި ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ތެރެއިން. --ފޮޓޯ: ޔުއެފާ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ގުރު ނެގިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ރެއާލް ވަނީ މީގެކުރީން 2014 އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެތުލެޓިކޯ ބަލިކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ލިވަޕޫލުން ނޮކްއައުޓް ބުރުގައި ނުކުންނާނީ 2020 ވަނަ އަހަރުގެ ރަނަރަޕް، ޕީއެސްޖީއާ ދެކޮޅަށެވެ.
ޖަރުމަންގެ ދެ ޓީމުގެ ކުރިމަތިލުމެއްގެ ގޮތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ބަޔާން މިއުނިކުން ނިކުންނާނީ މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ ތަށި އުފުލާލި ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ.
މުބާރާތުގެ ނޮކްއައުޓް ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް. --ފޮޓޯ: ޔުއެފާ
ދެން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަށް ވެގެންދާނީ، މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލައިފައިވާ ސްޕެއިނުގެ ބާސެލޯނާ އާއި 1960 ގެ އަހަރުތަކުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ، ޕޯޗުގަލްގެ ބެންފިކާ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗެވެ. މި ފަހަރުގެ މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އެ މެޗުން 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.
ކުރީން ތިން ފަހަރެއްގެ މަތީން މި މުބާރާތް ކާމިޔާބުކޮށްފައިވާ އިންޓަރ މިލާން ބައްދަލުކުރާނީ ނެދަލެންޑްސްގެ ފެޔަނޫޑާ އެވެ. އެ ޓީމުން 1970 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ މިލާން ގައެވެ.
މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލުން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ ދެކޮޅަށް ނިކުންނައިރު، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރާނީ ފްރާންސްގެ ލިއްލެއާ އެވެ.
މީގެކުރީން، މުބާރާތުގައި އެތުލެޓިކޯއާ ރެއާލް ބައްދަލުކުރި މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
މުބާރާތުގެ ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، އިންގްލެންޑްގެ އެސްޓަން ވިލާ ނިކުންނާނީ ބެލްޖިއަމްގެ ކުލަބް ބްރޫޖްއާ ދެކޮޅަށެވެ.
މި އަހަރުގެ މުބާރާތުގެ ގަދަ 16 ގެ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗް މަހުގެ 4-5 އާއި 11-12 ގައެވެ.
އަންނަ މެއި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ޖަރުމަނުގެ މިއުނިކު ގައެވެ.