ENGLISH

10 އޭޕްރީލު 2025

Advertisement

ޤައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް އަށް

21 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ސީބީއެލް ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކަޑެމީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް

ޤައުމީ ކްރިކެޓް މުބާރާތުގެ ފައިނަލުގައި ދެ ވިކެޓުން މިލާން ކްރިކެޓް އެކަޑެމީ ބަލިކޮށް، ސީބީއެލް ސްޕޯޓްސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އެކުވެނި ކްރިކެޓް ގްރައުންޑްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ސީބީއެލް ސްޕޯޓްސް އިން ގަސްދުކުރީ ހޮވަން އަރާށެވެ.

މިލާން ކްރިކެޓް އެކަޑެމީން ކުޅެން އަރައި، 37.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 136 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 27 ލަނޑު ހެދި އަހުމަދު ހަސަން އެވެ. މީގެއިތުރުން، 21 ލަނޑު ހެދި އަމީލް އަހުމަދު މައުރޫފްގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ސީބީއެލް ސްޕޯޓްސްގެ ހަރްޝާ އަމަރަސިންހޭ އާއި ޕްރަގީތު ގުނަތިލަކަ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، ސީބީއެލް ސްޕޯޓްސް އިން މޮޅުވެގެން ފޭބީ 37.2 އޯވަރުގެ ތެރޭގައި އަށް ވިކެޓަށް 139 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅަށް ކުޅުނު ތަރަކަ ރުވާން 34 ލަނޑު ހެދިއިރު، މަލިތު ޑެ ސިލްވާ ވަނީ 29 ލަނޑު ހަދައިފައެވެ. މިލާން ކްރިކެޓް އެކަޑެމީން އެންމެ ގިނަ ވިކެޓް ނެގީ އަމީލް އަހުމަދު މައުރޫފް އެވެ. އޭނާ ތިން ވިކެޓް ނެގިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލް ސްޕޯޓްސްގެ ހަރްޝާ އަމަރަސިންހޭ އެވެ.

ކިޔުންތެރިންގެ ހިޔާލު