ENGLISH
10 އޭޕްރީލު 2025
ރޯމާ އާއި އަޔެކްސް ދެވަނަ ބުރަށް
21 ފެބްރުއަރީ 2025
|
ޕޯޓޯ އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ފުޓްބޯލް އިޓާލިއާ
ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި ރޭ ކުޅުނު މެޗުތަކަށްފަހު އިޓަލީގެ އޭއެސް ރޯމާ އާއި ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ 3-2 އިން ބަލިކޮށް، އެ ޓީމު ކުރިހޯދީ 4-3 ގެ އެގްރިގޭޓުންނެވެ.
ރޭގެ މެޗުގައި ރޯމާގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ޕައުލޯ ޑިބާލާ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ނިކޮލޯ ޕިސިލީ އެވެ.
ޕޯޓޯގެ ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ ރޯމާގެ ޑެވީން ރެންޝް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ސެމުއެލް އަގެހޯވާ އެވެ.
އަޔެކްސްގެ ދަނޑުގައި ކުޅުނު މެޗުން 1-2 އިން ބެލްޖިއަމްގެ ސެއިންޓް ގިލޮއިސް އަތުން ބަލިވި ނަމަވެސް، އެ ޓީމަށް ކުރިލިބުނީ 3-2 ގެ އެގްރިގޭޓުންނެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރްއާ 2-2 އިން އެއްވަރުވެ، ތުރުކީގެ ގަލަތަސާރޭ ވަނީ 6-3 ގެ އެގްރިގޭޓުން ބަލިވެ، ކަޓައިފައެވެ.