ENGLISH

10 އޭޕްރީލު 2025

Advertisement

އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ބީއެމްއެލް އާއި ސްޓެލްކޯ އަށް

21 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް އަށް ވަޒީރު ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްބީޕީއޭ) އިން ބޭއްވި 12 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބީއެމްއެލް އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ  ހޯދައިފިއެވެ.

މުބާރާތުގެ ޓީމު އިވެންޓް ބައިގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބީއެމްއެލް އިން ހޯދީ ފައިނަލުގައި އެސްޓީއޯ ބަލިކޮށްގެންނެވެ. ބީއެމްއެލް އިން މެޗު ކާމިޔާބުކުރީ 2-1 ގޭމުންނެވެ.

ފިރިހެން ޑިވިޝަނުގެ ޓީމު އިވެންޓް ފައިނަލުގައި ސްޓެލްކޯ އިން އެމްއައިބީގެ މައްޗަށް ކުރިހޯދީ ވެސް 2-1 ގޭމުންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު ޓީމު އިވެންޓްގެ ފައިނަލް މެޗުތަކަށް ފަހު، ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، އަބްދުﷲ ރާފިޢު އެވެ.

މި ފަހަރުގެ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ ހަސަން ޝާޒް މުޙައްމަދު އެވެ. ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ ހުސެއިން ސާޖިދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު