ENGLISH
11 އޭޕްރީލު 2025
ގިލްގެ ސައްތައާ އެކު އިންޑިއާ ފެށީ މޮޅަކުން
21 ފެބްރުއަރީ 2025
|
އިއްޔެގެ މެޗުގައި މޮޅު ކުޅުމެއްދެއްްކި ޝުބްމަން ގިލް. --ފޮޓޯ: އައިސީސީ
އައިސީސީ ޗެމްޕިއަންސް ޓްރޮފީގައި އިއްޔެ ކުޅުނު މެޗުގައި ޝުބްމަން ގިލް ހެދި ސައްތަ އާ އެކު ބަންގްލަދޭޝް ބަލިކޮށް، އިންޑިއާ އިން މޮޅަކާ އެކު ފަށައިފިއެވެ.
މި މެޗުން އިންޑިއާ މޮޅުވީ ހަ ވިކެޓުންނެވެ.
ދުބާއީ އިންޓަރނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން ކުޅެން އަރައި، 49.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 228 ލަނޑަށެވެ.
ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް ކުޅުނީ 100 ލަނޑު ހެދި ތައުހީދު ރިދޯއީ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖާކަރް އަލީ ނުބައިވީ 68 ލަނޑަށެވެ. މި އިނިންގްސްގައި އިންޑިއާގެ މުޙައްމަދު ޝަމީ ވަނީ ފަސް ވިކެޓް ނަގައިފައެވެ.
ޖަވާބުގައި ކުޅެން އަރައި، ބާކީ 21 ބޯޅަ އޮއްވާ، އިންޑިއާ މޮޅުވެގެން ފޭބީ ހަތަރު ވިކެޓަށް 231 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 129 ބޯޅައިން 101 ލަނޑުހެދި ޝުބްމަން ގިލް އެވެ. ދެން އެންމެ ގިނަ ލަނޑު ހެދީ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. އޭނާ ނުބައިވީ 41 ލަނޑަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ޝުބްމަން ގިލް އެވެ.
މުބާރާތުގައި އިންޑިއާ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ވާދަވެރި ޕާކިސްތާނާ އެވެ.