ENGLISH

11 އޭޕްރީލު 2025

Advertisement

އަހަރުގެ ފުރަތަމަ ގޯލާއެކު މެސީ، މިއާމީ މޮޅުކޮށްދީފި

20 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މިއާމީއާ ކެންސަސް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ އޯޕަނިންގ ބުރުގައި ސްޕޯޓިންގ ކެންސަސް ސިޓީ އަތުން 1-0 އިން އިންޓަރ މިއާމީ މޮޅުވެއްޖެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި މެޗު ކުޅެފައި ވަނީ ކުރިން ކުޅެން ހަމަޖެހިފައި އޮތް ދުވަހަށް ވުރެ އެއް ދުވަސް ލަހުންނެވެ.

ކެންސަސްގައި ހުންނަ ޗިލްޑްރަންސް މާސީ ޕާކުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 56 ވަނަ މިނެޓުގައި މިއާމީ އަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ އަދި މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އެވެ. މިއީ މި އަހަރު އެ ޓީމާއެކު މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ގޯލެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ ކުޅުން އޮންނާނީ މި މަހުގެ 26 ވާ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު