ENGLISH

11 އޭޕްރީލު 2025

Advertisement

އެމްބާޕޭގެ ހެޓްރިކާ އެކު މެންޗެސްޓަރ ސިޓީ ބަލިކޮށް ރެއާލް ގަދަ 16 ގެ ބުރަށް

20 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގެ ޕްލޭ-އޮފް ބުރުގައި ރޭ ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ ވައްދާލި ހެޓްރިކާ އެކު، އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު ސްޕެއިނުގެ ރެއާލް މެޑްރިޑް ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އެ ޓީމު މޮޅުވީ 3-1 އިންނެވެ. މިއާއެކު، ދެ މެޗުގެ އެގްރިގޭޓުން ރެއާލަށް ކުރި ލިބުނީ 6-3 އިންނެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗުގައި ރެއާލުން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މީގެތެރެއިން، ދެ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައެވެ.

ސިޓީގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލެޒް އެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރެއާލް ކުޅެންޖެހޭނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑް ނޫނީ ޖަރުމަންގެ ބަޔާ ލެވަކޫސަން އާ އެވެ. އެ ޓީމު ކަށަވަރުވާނީ ހުކުރު ދުވަހު ބާއްވާ ގުރުއަތުލުމަށްފަހު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، 3-0 ގެ އެގްރިގޭޓުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު