ENGLISH

11 އޭޕްރީލު 2025

Advertisement

ޕީއެސްޖީން ބޮޑު މޮޅަކާ އެކު ގަދަ 16 ގެ ބުރަށް، ޕީއެސްވީ އަތުން ބަލިވެ ޔުވެންޓަސް ކަޓައިފި

20 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގެ ޕްލޭ-އޮފް ބުރުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ބްރެސްޓް އަތުން ހޯދި ބޮޑު މޮޅާއެކު ޕީއެސްޖީ ގަދަ 16 ގެ ބުރަށް ދަތުރުކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން ބަލިވެ، އިޓަލީގެ ޔުވެންޓަސް ކަޓައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އެ ޓީމު ވަނީ 10-0 ގެ އެގްރިގޭޓުން ބްރެސްޓްގެ މައްޗަށް ކުރި ހޯދައިފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ހަތް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމު ވަނީ ދެ ގޯލް ޖަހައިފައެވެ.

ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ބްރެޑްލީ ބާކޯލާ، ކްވިޗާ ކްވަރަޝްކޭލިއާ، ވިޓީނިއާ، ޑެޒައިރީ ޑުއޭ، ނޫނޯ މެންޑޭސް އާއި ގޮންސާލޯ ރާމޯސް އާއި ސެނީ މަޔޫލޫ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕީއެސްވީގެ ދަނޑުގައި އެ ޓީމު ވަނީ 3-1 އިން ޔުވެންޓަސް ބަލިކޮށް، 4-3 ގެ އެގްރިގޭޓުން ކުރިހޯދާފައެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-1 އިން ޕީއެސްވީ ކުރީގައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އެ ޓީމު މޮޅުކޮށްދިނީ ރަޔާން ފްލަމިންގޯ އެވެ. ޕީއެސްވީގެ އަނެއް ދެ ލަނޑު ޖަހައިދިނީ އިވާން ޕެރިސިޗް އާއި އިސްމާއިލް ސައިބާރީ އެވެ.

ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖެހީ އެމެރިކާގެ ފޯވާޑް، ޓިމޮތީ ވެއާ އެވެ.

ކިޔުންތެރިންގެ ހިޔާލު