ENGLISH

10 އޭޕްރީލު 2025

Advertisement

ކޭން އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް

19 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ބަޔާންގެ ފޯވާޑް، ކޭން. --ފޮޓޯ: ރޮއިޓާސް

ބަޔާން މިއުނިކްގެ ފޯވާޑް، ހެރީ ކޭން އަށް އަނިޔާވެ ލީގުގައި ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ކޭން އަށް އަނިޔާވީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި 1-1 އިން ސެލްޓިކާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައެވެ.

އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ކޭންގެ ފައިގެ ކުޑަކަޅުވާ އަށް ލިބުނު މި އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

ކޭން ބުނެފައިވަނީ، ލީގުގައި އަންނަ އާދީއްތަ ދުވަހު އެއިންޓްރަކްޓް ފްރެންކްފާޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ނިމިދިޔަ ހަފްތާގައި ލީގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭންގެ މޫނުމައްޗަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ލީގުގެ އެއްވަނައިގައި އުޅޭ ބަޔާން އަށް މި ވަަގުތު ތާވަލްގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުން ވަނީ ޖާގަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު