ENGLISH

11 އޭޕްރީލު 2025

Advertisement

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ފަށައިފި

19 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ކުރީގެ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ސީއޭއެމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބާއްވާ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް އިއްޔެ ފަށައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 12 ވަނަ ފަހަރެވެ. 

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގަ އެވެ. 

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވާއިރު، މި ފަހަރު މުޅިން އަލަށް ޖޫނިއާ އިވެންޓްގެ އިތުރުން 15 އަހަރާއި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ސިންގަލްސް އިވެންޓް ކުރިއަށްދާނެ އެވެ.

މި އަހަރުގެ މުބާރާތުގައި އިއްޔެ ކުޅެފައިވަނީ ޖޫނިއާ އަންހެން އަދި ފިރިހެން ޑަބަލްސް މެޗުތަކެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސިންގަލްސް މެޗުތަކެވެ.

މި މުބާރާތުގެ ސީނިއާ ކުޅުންތެރިންގެ ބައިގެ ކުޅުން ފަށާނީ މި މަހުގެ 21 ގަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދުއެވެ.

ކިޔުންތެރިންގެ ހިޔާލު