ENGLISH

22 އޭޕްރީލު 2025

Advertisement

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

19 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ބާޒާރުގައި ވިއްކަން ބަހައްޓާަފައިހުރި ލުނބޯތަކެއް

ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގުހެޔޮކުރުމުގެ ސިޔާސަތުގެ ދަށުން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަވަން ފައްޓަވައިފިއެވެ. 

އެސްޓީއޯއިން މައުލޫމާތުދެއްވާ ގޮތުގައި ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކެވުމަށް ހަމަޖެހިފައިވާއިރު، 5 ކިލޯގެ ފޮށިގަނޑެއް 145 ރުފިޔާއަށް ވިއްކެވުމަށްވަނީ ހަމަޖެހިފައެވެ.

ރަމަޟާންމަހާއި ދިމާކޮށް ކާބޯތަކެތި އަގުބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 141 ބާވަތެއްގެ މުދަލެއް ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ، އެތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށްޓަކައި އަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ. 

އޭގެތެރޭގައި ހިމެނެނީ ކެއުމަށް ނުވަތަ ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 ބާވަތެއްގެ މުދަލާއި، މޭވާއާއި ތަރުކާރީގެ 38 ބާވަތަކާއި ކަނޑުމަހުގެ 10 ބާވަތެކެވެ.

ދާދިފަހުން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 25 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދަށް އުފުލިފައިވަނިކޮށް އެސްޓީއޯއިންވަނީ ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަވަން ފައްޓަވާފައެވެ. އަދި 25 ކިލޯގެ ފިޔާ ބަސްތާ 350 ރުފިޔާއަށް އަދި 10 ބަސްތާއަށްވުރެ އިތުރަށް ގަންނަނަމަ 340 ރުފިޔާއަށް ބަސްތާއެއް އެސްޓީއޯއިން ވިއްކަވަން ފައްޓަވާފައިވެއެވެ. 

މީގެ އިތުރުން ބާޒާރުގައި ކާއްޓެއްގެ އަގު  10 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގަކަށް އުފުލިފައިވަނިކޮށް އެސްޓީއޯއިން ވަނީ ކާއްޓެއް 5 ރުފިޔާއަށް ވިއްކަވަން ފައްޓަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު