ENGLISH
22 އޭޕްރީލު 2025
އިންޑިއާގެ ހައި ކޮމިޝަނަރު، މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ބައްދަލު ކުރައްވައިފި
19 ފެބްރުއަރީ 2025
|
ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމުގެ އަރިހަށް އިންޑިއާގެ ހައި ކޮމިޝަނަރު އެޗް.އީ. ބާލަސުބަރަމާނިއަމް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވަވާފައިވެއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް އާއި އިންޑިއާގެ ހައި ކޮމިޝަނަރ އެޗް.އީ. ބާލަސުބަރަމާނިއަމްގެ މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އިތުރަށް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ދިޔަ ބައްދަލުވުމެކެވެ.