ENGLISH
22 އޭޕްރީލު 2025
ފްލޯޓިންގ ސޯލާ ޕީވީއާ ބެހޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
19 ފެބްރުއަރީ 2025
|
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އިސްނަގައިގެން، ފްލޯޓިންގ ސޯލާ ޕީވީއާ ބެހޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.
މި ޕްރޮގްރާމްގެ އަމާޒަކީ މިނިސްޓްރީގެ މުވައްޒަފުންނާއި، ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ރެގިއުލޭޓަރީ އޮތޯރިޓީގެ މުވައްޒަފުންގެ ހުނަރާއި މަޢުލޫމާތު އިތުރުކުރުންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަމެންޓްއިން ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ފްލޯޓިންގ ސޯލާ ޕީވީ ޓެކްނޮލޮޖީއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން، މި ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ، މިނިސްޓްރީން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމަކީ އެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ ޙަރަކާތެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ނިމުމާއެކު، ބައިވެރިންނަށް ފްލޯޓިންގ ސޯލާ ޕީވީ ސިސްޓަމްތައް ފަރުމާކުރުމާއި، ބެހެއްޓުމާއި އަދި މެއިންޓެއިން ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދާނެއެވެ. ހަމައެހެންމެ މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ.