ENGLISH
22 އޭޕްރީލު 2025
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް
19 ފެބްރުއަރީ 2025
|
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގެންދެވުނު 1.8 މެގަވޮޓްގެ ޖަނަރޭޓަރު
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން، އެ ސިޓީއަށް 1.8 މެގަވޯޓުގެ އައު ޖެންސެޓެއް އެ ސިޓީއަށް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ޖެންސެޓު އެ ސިޓީއަށް މިހާރު ގެންގޮސްފައިވާކަން ހިއްސާކުރައްވާފއިވެއެވެ. އެ ކޯޕަރޭޝަނުން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އަައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަކީ، އެ ކުންފުނިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންތައް ކަމަށެެވެ.
އެގޮތުން ކޮންމެ ދުވަހަކު އައްޑޫ ސިޓީން ކަރަންޓު ކެނޑުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލުކުރެއްވުމަށް، މަސައްކަތް ކުރައްވަމުން ގެންދާވާކަމަށް އެ ކުންފުންޏާއި ދާދިފަހުން ގުޅިވަޑައިގަތް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވި ގޮތުގައި އައްޑޫގައި ކަރަންޓު ކެނޑޭ މައިގަނޑު ސަބަބަކީ ޖަނަރޭޓަރުތައް މަރާމާތު ނުކޮށް ގިނަ ދުވަސް ވުމެވެ. އޭނާ ވިދާޅުވީ ދެ ޖަނަރޭޓަރު މަރާމާތު ކުރުމުން ކަރަންޓު ނުކަނޑައި ޚިދުމަތް ދިނުމަށް މިވަގުތަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ރަމަަޟާން މަހަކީ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ލޯޑް ބޮޑުވާނެ ދުވަސްވަރަކަށްވުމުން، އައްޑޫގައި މަރާމާތު ކުރަން ޖެހޭ ޖަނަރޭޓަރުތަކުގެ ތެރެއިން އިތުރު ދެ ޖަނަރޭޓަރެއް ވެސް ރޯދައިގެ ކުރިން މަރާމާތު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖާޙު ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބަބުން އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް، ރައްޔިތުން މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ މެންބަރުންނާ އަދި ފިނޭންސް މިނިސްޓްރީއާ މިއަދު ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް އެދެވޭ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ވިއްސަކަށް ޖަނަރޭޓަރު ބަހައްޓާފައިވާއިރު އެތަކެތީގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ.