ENGLISH

22 އޭޕްރީލު 2025

Advertisement

ބަހުގެ އެކަޑެމީން ފާއިތުވި ދެ އަހަރު 160 ބަސް އުފައްދަވައިފި

19 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ދިވެހި ބަހުގެ އެކަޑެމީ، ފޮޓޯ: ހުރިހާ

ދިވެހި ބަހުގެ އެކަޑެމީން ފާއިތުވި ދެ އަހަރު ތެރޭގައި 160 ބަސް އުފައްދަވަިފިއެވެ. 

އެ އެކަޑެމީން ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު އެ އިދާރާއިން 88 (އަށްޑިހަ އަށް) ބަސް އުފައްދަވާފައިވެއެވެ. އެ އިޢުލާނާއެކު އެ އަހަރު އަލަށް އެކުލަވައިލެއްވި 88 ބަހާއި އެ ބަސްތަކުގެ މާނައާއި އެ ބަސްތަކުގެ އިނގިރޭސި ބަސްތައް ހިމެނޭ ލިސްޓެއް އެކަޑެމީން ޝާއިޢުކުރައްވާފައިވެއެވެ. 

އިތުރު އިޢުލާނެއްގައި އެކަޑެމީން ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރު އެ އެކަޑެމީންވަނީ 72 ބަސް އެކުލަވައިލައްވާފައެވެ. އެކަޑެމީން އެ ބަސްތަކާއި މާނަތަކާއި އެބަސްތަކާ ދިމާވާ އިނގިރޭސި ބަސްތައް ހިމެނޭ ލިސްޓެއް އެ އިޢުލާނާއެކު އާންމުކުރައްވާފައިވެއެވެ. 

އަލަށް އެކުލަވައިލެއްވި ބަސްތަކުގެ ތެރޭގައި ބަހަވީ ޢިލްމުގެ ލަފްޒުތަކާއި، ޒަމާނީ ބައެއް ޢިލްމުތަކާ ގުޅުންހުރި ބަސްތައް ހިމެނެއެވެ. މިބަސްތައް އެކަޑެމީން އެކުލަވައިލައްވާފައިވަނީ ދިވެހި ބަހުގެ ސަރުފު ނުވަތަ މޯފޮލޮޖީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

ކޮންމެ އަހަރަކުވެސް އެކި ދާއިރާތަކުން ބޭނުންކުރާނެ އައު ބަސްތައް ދިވެހި ބަހުގެ އެކަޑެމީން އުފައްދަވައި ޢާންމުކުރައްވައެވެ. އަދި މިބަސްތައް ދިވެހިބަހުގެ ރަދީފުގައި ހިމަނުއްވައެވެ. 

ކިޔުންތެރިންގެ ހިޔާލު