ENGLISH

22 އޭޕްރީލު 2025

Advertisement

ގދ. ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

19 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ފަރެސްމާތޮޑާގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓު

ގދ. ފަރެސްމާތޮޑާގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ.

މި މަޝްރޫޢުއަކީ އެގްޒިމް ބެންކް އޮފް އިންޑިޔާގެ މާލީ އެހީތެރިކަމުގެ ދަށުން ޓްރެވެނީ އިންޖިނިއަރިންގ އެންޑް އިންޑަސްޓީސް ލިމިޓެޑްއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި 2023 ވަނަ އަހަރު ފެށި މި މަޝްރޫޢު ނިންމާލިއިރު 90 ޓަނުގެ 2 އާރްއޯ ޕްލާންޓް ޤާއިމްކޮށް، 625 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ބަހައްޓާފައިވެއެވެ. މީގެ އިތުރުން 10 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކްއާއި 13 ކިލޯމީޓަރުގެ ފެނުގެ ނެޓްވަރކްއާއި 3 ޕަންޕިންގ ސްޓޭޝަންގެ އިތުރުން 25 ކިލޯމީޓަރުގެ ސޯލާ ޕެނަލްވެސް ޤާއިމްކޮށްފައި ވެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މިހާރު ކުރިއަށްދަނީ މިނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްފިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެވެ. 

ފާއިތުވި ހޮނިހިރުދުވަހު ބޭއްވި އަހާ ފޯރަމުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރައްވައި ނިންމެވުމެވެ. 

އޭގެ އިތުރަށް ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވާ ރަށްތަކުގެ ތެރެއިން އާބާދީއަށް އަންނަ ބަދަލުތަކާއެކު އިތުރަށް ފެނާއި ނަރުދަަމާގެ މަސައްކަތް ކުރަންޖެހޭ ރަށްރަށް ބައްލަވައި،  އެ ރަށްރަށުގައި މަސައްކަތްކުރިއަށްގެންދަވާނެ ގޮތުގެ ޕްލޭނެސް ސަރުކާރުން ގެންދަވަނީ އެކުލަަވައިލައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު